ކިޑްނީބަލީގެ މީހުންނަށް ޒިޔާރަތްކުރުން
ބައިނަލްއަޤްވާމީ ކިޑްނީބަލީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރަށުގައި ތިބި ކިޑްނީބަލީގެ މީހުންނަށް ޒިޔާރަތްކޮށް މައުލޫމާތު ދިނުމާއި، ޞިއްހަތަށް ފައިދާހުރި ކާނާ ކެއުމަށް ހިއްވަރުދިނުމުގެ ގޮތުން ފައިދާހުރިކާނާ ހިމެނޭ ހަދިޔާއެއް ޞިއްޙީ މަރުކަޒުން ވަނީ ހަދިޔާ ކޮށްފައެވެ. ރަށުގެ ކިޑްނީ ބަލީގެ މީހުންގެ ދަފްތަރަށް ބަލައިގެން ކުރެވުނު ޒިޔާރަތުގައި ކިޑްނީ ބަލި ތަހަންމަލް ކުރަމުންދާ ފަރާތްތަކުގެ އާއިލާއަށްވެސް އެފަދަ ފަރާތްތަކާމެދު ޞިއްޙީ ގޮތުން ގޭތެރޭގެ މާހައުލުގައި ސަމާލްކަންދޭންޖެހޭ ކަންކަމާމެދުވެސް ވަނީ ގެތަކަށް ޒިރާރަތްކުރުމުގެ ތެރޭގައި މައުލޫމާތުދެވިފައެވެ.