ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ވޯކްޝޮޕް

ސިއްޙީ ގޮތުން ދުޅަހެޔޮ މުޖުތަމަޢުއެއް ބިނާކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ނަފްސާނީ ބަލިތަކުން ރައްކާތެރިވެ ތިބުމާއި، ނަފްސާނީ ބައްޔަށް ރައްޔިތުން ހޭލުންތެރި ކުރުމަށް ކައުންސިލް، ހެލްތްސެންޓަރ، އ.ތ.މ ކޮމެޓީ، ހެލްތް ރެކްރިއޭޝަން ކްލަބް ގުޅިގެން ކުރިއަށްގެންދާ ނަފްސާނީ ބަލިތަކަށް ހޭލުންތެރި ކުރުމުގެ ވޯކްސޮޕް 29 ފެބްރުއަރީ 2024 ދުވަހުގެ ރޭގަނޑު 8:30 ގައި ހިމަންދޫ ހެލްތް ސެންޓަރުގައި ވަނީ ފެށިފައެވެ. މި ވޯކްސޮޕް ފައްޓަވާދެއްވީ ކައުންސިލްގެ ރައީސް ހުޝާމް އިސްމާޢީލްއެވެ.