ދާނުގައިވާ ބަލިމީހުންނަސް ޒިޔާރަތްކުރުން

ހާއްސައެހީއަށް ބޭނުންވާ އަދި ދާނުގައިތިބި ބަލިމީހުންނަށް ޒިޔާރަތް ކުރުމާއި ހާލުބެލުމަށް ކައުންސިލްގެ ޓީމުން ހިމަންދޫ ސިއްހީމަރުކަޒުގެ ޑޮކްޓަރު، ނަރުހުން އަދި ޕަބްލިކް ހެލްތުގެ ބޭފުޅުންނާއެކު މިއަދު ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި ދާނުގައި ތިބި ބަލި މީހުންނާއި ބައްދަލުކޮށް ހާލުބެލުމާއި އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައެވެ.